ދިވެހިރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލިސް އެކައްޗަކަށްވުންކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު، މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބާރުތައް އެއްވެ، މަސްހުނިވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ޖުޑީޝަރީއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އެކައްޗަކަށް ވެފައިވުންކަމަށް އޭނާ ވިދާޅުވިއެވެ.



ޖޭއެސްސީއާއި މަޖިލީހަކީ އެކަށްޗެއްކަމަށް އަލީ ހުސައިން ވިދާޅުވިއިރު، 10 މެމްބަރުން ތިއްބަވާ ޖޭއެސްސީގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިނެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނުނު އިތުރުބޭފުޅުންނާއެކު ޖޭއެސްސީއަކީ މިހާރު ސީދާ އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ކޮމިޝަނެއްކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.



ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، މިހާތަނަށް އައިއިރު އެފަދަ އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގެ ޖުޑިޝަރީގެ މިނިވަންކަމާމެދު ސުވާލު އުފައްދާ ފަރާތްތައް އަދިވެސް މަދުނުވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން