ކ. މާފުށި
ކ. މާފުށި
ކޯވިޑް-19 އަށް ކ. މާފުށިން ޕޮޒިޓީވްވީ މިހުންގެ ޢަދަދު 11 އަށް އަރައިފިއެވެ.

މާފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން އިއްޔެ މަނާކޮށްފައެވެ.

މާފުށިން ޕޮޒިޓީވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުން 140 ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އަދި ފަހުން ޕޮޒިޓީވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިވަގުތު މާލެ އަތޮޅުގެ 4 ރަށެއް ހިމެނޭ ގޮތުން 19 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން