ކުށްވެރިން ބައިތިއްބާ ދޫނިދޫއާއި މާފުށީ ޖަލާއި އައްސޭރި ޖަލުން ކޯވިޑްގެ ކޭސްތަކެއް ފެނިފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ފުލުހުންެގެ ތަހުގީގަށް މީހުން ބައިތިއްބާ ދޫނިދޫ އިން 13 މީހަކު ކޯވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެއިތުރުން ދޫނިދޫއިން ޕޮޒިޓިވްވީ ބަންދުގައި ތިބިމީހުންކަމެއް ނުވަތަ ފުލުހުން ކަމެއް ވެސް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ދޫނިދުއިން ކޮވިޑް ކޭސްތައް ފެނިފައިވާއިރު، ވަކީލުން ސަމާލުވުމަށް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ވަކީލުން ދޫނިދޫއަށް ދަތުރު ކުރައްވާއިރު، އެޗްޕީއޭގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގައިޑްލައިންތަކަށް އަމަލު ކުރުމަށް ބާ ކައުންސިލުން ވަނީ އަންގާފައެވެ.

ދޫނިދޫގެ އިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި މާފުށީ ޖަލުން ވެސް ވަނީ ކޯވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން މާފުށީ ޖަލުން އެއް އޮފިސަރަކު އަދި އައްސޭރި ޖަލުން ވެސް އެއް އޮފިސަރަކު ޕޮޒިޓިވްވެފައިވާކަމަށް ކަރެކްޝަންސުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސުން ބުނީ އައްސޭރި ޖަލާއި މާފުށީ ޖަލުގައި ތިބި ހުރިހާ އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯވިޑްގެ 253 ކޭސް އިއްޔެ ރާއްޖެއިން ރިޕޯޓް ކޮށްފައިވާއިރު، މާލެ އަތޮޅުގައި ކޯވިޑް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މާފުށީގެ މުޖުތަމަޢުގައި ބަލިފެތުރެމުންދާތީ މިހާރު އޮތީ މޮނީޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން