މަތިންދާބޯޓަށް އަރަން ބޭނުންކުރާ އެއަރ ސްޓެއާސްއަކުން ޖެހި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އޮތް ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓަކަށް ގެއްލުން ލިބުނު ހާދިސާ ތަހުގީގްކުރަމުންދާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އިއްޔެ މެންދުރުފަހު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެމްއޭސީއެލުން ބުނިގޮތުގައި މިހާދިސާ ހިނގިއިރު ގެއްލުން ލިބުނު މަތިންދާބޯޓު އޮތީ 100 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ފުރަން ތައްޔާރުވެފައެވެ. މިހާދިސާގައި އެއާބަސް އޭ 320 ބޯޓަށް މާބޮޑު ގެއްލުމެއް ނުލިބުނަސް، ބޯޓުގައި ތިބި ފަސިންޖަރުން ބާލައި، ބޯޓު ވަނީ ގްރައުންޑްކޮށްފައެވެ.

އެމްއޭސީއެލުން ބުނީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާކަމަށެވެ.

2017 ވަނަ އަހަރުވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެެވެ. އެފަހަރުގެ ހާދިސާގައި ހެލިކޮޕްޓަރެއްގެ ފިޔަތަކުގައި ސިޑިއަކުން ޖެހި ބުރައިގެން ދިޔަ އެތިކޮޅުތަކުން ވަނީ މީހަކަށްވެސް އަނިޔާތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން