ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ، އެމް.ޑީ އިދްރީސް (34އ) ހޯދަމުން ދަނީ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީިކަމަށެވެ.



ފުލުހުން ބުނީ އޭނާ ހާޒިރުކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށްކަމަށެވެ.

ކުޑަކުދިންނަށްކުރާ ޖިންސީ ގޯނާގެ މައްސަލަތައް އަނެއްކާވެސް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ބިދޭސީން ހިމެނެމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން