ބަންގްލަދޭޝްގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ބަނގްރޫޓު ވުމުގެ ބިރާއި ކުރިމަތިވެފައިވާ ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންއައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ބަންގްލަދޭޝްއަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުން މަނާކުރީ ކޯވިޑް-19 ފެތުރުން އިތުރުވުމާއެކުއެވެ.

ދަރަނިވެރިވެ މުޅިން ބަނގުރޫޓްވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ ރާއްޖޭގެ ގައުމީ އެއާލައިން ހިންގުމާއި ހަވާލުވެ ހުރި އެންމެ އިސް ވެރިޔާ ބަދަލުކޮށް އަލުން ކުންފުނި ހިނގައިގެން ނަމަވެސް ބަނގްރޫޓުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައިވާ މޯލްޑިވިއަންގެ މާލީ ހާލަތު އަދިވެސް ރަނގަޅުވަމުން އަންނަކަން ފާހަގަ ނުވާކަމަށް އެކުންފުނީގެ އިސް ބައެއް މުވައްޒަފުން ބުނެއެވެ.





މޯލްޑިވިއަނުން ބުނީ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ބަންގްލަދޭޝްގެ ޑާކާއަށް މޯލްޑިވިއަނުން ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް މިމަހުގެ 28ގެ ނިޔަލަށް ކެންސަލްކޮށްފައިވާކަމަށެވެ.

ކޯވިޑް-19އަށްފަހު މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަހުންވަނީ ޑާކާއަށް ކުރާ ދަތުރުތައް ހަފްތާއަކު 4 ދަތުރަށް އިތުރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން