ބ. މާޅޮހުގައި އިއުލާންކޮށްފައި އޮތް މޮނިޓަރިންހެ ހާލަތު ނުވަތަ އަރައިފޭބުން މަނާކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނަސް އެރަށް އާންމު ހާލަތަށް ބަދަލުކޮށްފިއެވެ.

މާޅޮހަށް އަރައިފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް މިގެނައީ އެހާކަތުގައި އޮންނަތާ ފަސްދުވަސް ފަހުންނެވެ.

ބ. މާޅޮހަށް އަރައިފޭބުން މަނާކުރީ އެރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މާޅޮސް އާންމު ހާލަތަށް ބަދަލުކުރީ ކޯވިޑް-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހުކަމަށެވެ. އަދި ރަށަށް އަރައިފޭބުން މަނާކޮށްފައި އޮތް ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މާޅޮހުން ޕޮޒިޓިވްވި ދެމީހުންނާއި ޑައިރެކްޓް ކޮންޓެކްވި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. މާޅޮހުގެ އިތުރުން އެއަތޮޅު ކަމަދޫ އާއި އޭދަފުށިން ވެސް ވަނީ ކޯވިޑްގެ ކޭސްތަކެއް ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން