އަތޮޅު ތެރެއަށް ދިއުމަށް މާލެ ސަރަހައްދުގެ ހުރިހާ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު ހަމަޖައްސައިފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ފާތިމަތު އަނާ ވިދާޅުވީ އަތޮޅު ތެރެއަށް ދިއުމަށް މާލެ ސަރަހައްދުގެ ހުރިހާ ފުލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ރަށްރަށުގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 120 ރަށެއްގެ 60 ޕަސެންޓް މީހުން ޖަހާފައިވާ ކަމަށް އަނާ ވިދާޅުވިއެވެ. އެެހެން ނަމަވެސް އެއްވެސް ރަށެއްގައި ވެކްސިންގެ 60 ޕަސެންޓް ދެ ޑޯޒް ފުރިހަމަވެފައިނުވާ ކަމަށް އަނާ ވިދާޅުވިއެވެ. މިވަގުތު ހަމަޖެހިފައި އޮތްގޮތުން އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީނާއި ނުލައި ދަތުރުކުރެވޭނެ ކަމަށް އަނާ ވިދާޅުވިއެވެ.



"އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައިނުވާނަމަ އެރަށަކަށް ކަރަންޓީނާއި ނުލައި ދަތުރުކުރެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާވެފައިވާ ފަރާތްތަކަށް، މިގޮތަށް ދަތުރުކުރާއިރު ސާމްޕަލް ޕޮޒިޓިވް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާއިރު ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު، އެނަތީޖާއާއެކު ވެކްސިން ނުޖެހޭ ކުޑަކުދިންނަށް ވެސް ދަތުރުކުރެވޭނެ، އަދި މިގޮތަށް ދަތުރުކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހިލޭ ހެދުމުގެ ފުރުސަތު އެބައޮތް މި ޓެސްޓް ހެދޭނީ ފުލޫ ކްލިނިކްތަކުން." އަނާ ވިދާޅުވިއެވެ.

މިމަހުގެ 16 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލާ ރަށްރަށަށް ދެވޭނެ އުސޫލެއް އެކުލަވާލާފައެވެ. މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ އުސޫލުގައި ބުނާގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ.

ޕްރައިވެޓް ކުލިނިކްތަކާއި ލެބްތަކުން މިހާރު ޕީސީއާރު ޓެސްޓް 700 ވަރަކަށް ރުފިޔާއަށް ހަދައިދެއެވެ. ސަރުކާރުން ކޯވިޑް ޓެސްޓް ހެދުމުގައި މިފަދަ ލުއެއް ދީފައި މިވަނީ މީގެކުރިން ހާހަކަށްވުރެ މަތީގައި އަގުތައް ހުރި ޕީސީއާރް ޓެސްޓް ހަދައިގެން ބަޔަކު މުއްސަނދިވި ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން