ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް އެމްޑަބްލިޔުއެސްސީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް އެމްޑަބްލިޔުއެސްސީން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އެހީގައި ފަށާފައިވާ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެދަށުންނެވެ. ކޯޕަރޭޓް ސްކީމަކީ ކުންފުނިތަކުގެ އެހީގައި ރާއްޖެއަށް މުހިންމު އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.

މިސްކީމްގެ ދަށުން، މިއަދު ވަނީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފައެވެ. މިޕްރޮގްރާމަށް އެމްޑަބްލިޔުއެސްސީން ވަނީ ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް 4 ބެޗްލާސް ޑިގްރީ ކޯސް ސްޕޮންސަރކޮށްފައެވެ. 4 އަހަރު ދުވަހުގެ މިކޯސްތަކަށް އެމްޑަބްލިއުއެސްސީން 2.3 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.



ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ތެރަޕިއުޓިކްގެެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މިއަދު މި ތަޢާރަފުކުރެވުނު ސްކީމްގެ ސަބަބުން ޚާއްޞަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު އިފްތިތާޙުކުރެވުނު ސްކީމަކީ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން އެކި އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމްގެ ސްކޮލަރޝިޕްތައް ސްޕޮންސަރކޮށްފައި ވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން