ހދ. ހަނިމާދޫ
ހދ. ހަނިމާދޫ
ހދ. ހަނިމާދޫ ކޯވިޑަށް ޕޮޒިޓިވް ދެ މީހަކު ފެނުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އއ. މަތިވެރިން ހަނިމާދޫއަށް ދިޔަ އެރަށު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އއ. މަތިވެރިން ކޯވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެރަށް މޮނިޓަރިންނަށްލީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ހަނިމާދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހަނިމާދޫން ޕޮޒިޓިވް ވެފައިވަނީ ދެމައިންނެވެ. އެމީހުން އއ. މަތިވެރިން، ހަނިމާދޫއަށް ދަތުރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަތޮޅުތަކުގެ ރަށްރަށުގައި ކޯވިޑަށް ޕޮޒިޓިވް 833 މީހުން އެބަ ތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު