ހިޔާ ފްލެޓްތަކުގެ ޤުރުއަތުލުން އަންނަ އާދިއްތަ ދުވަހު އަލުން ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ފުރަތަމަ ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އެޗް-10 ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މިހުންގެ ކެޓަގަރީން ފްލެޓް ލިބުނު 188 ފަރާތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ. މިއީ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓް ޔުނިޓްތަކެއްތޯ ކަނޑައެޅުމަށް ބާއްވާ ޤުރުއަތުލުމެކެވެ.

އާދީއްޔަދުވަހު ގުރުއަތުލުން އަލުން ފަށާއިރު ޤުރުއަތުލުމަށް ކަނޑައަޅާފައިވާ ކެޓެގަރީތަކަކީ:-

- އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ ކެޓަގަރީ)

- އެޗް-5 (ޓީޗަރުންނަށް ޚާއްޞަ ކެޓަގަރީ)

- އެޗް-6 (އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޚާއްޞަ ކެޓަގަރީ)

- އެޗް-7 (18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ)

- އެޗް-8 (މާލޭ ރައްވެހިންނަށް ޚާއްޞަ ކެޓަގަރީ)

- އެޗް-9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ)

- ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަ (ފަންނީ، އިދާރީ، ސަޕޯރޓްގެ ކެޓަގަރީ)

އެޗްޑީސީން ބުނީ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ދެ ދަންފަޅިއަކަށް ޤުރުއަތުލުން ކުރިޔަށް ގެންދާނެކަމަށެވެ. އަދި ޤުރުއަތުލުން ކުރިޔަށް ގެންދާނީ ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަމްބަރު ތަރުތީބުން ކަމަށް އެޗްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން