. އިންތިޚާބީ މޭޔަރު، އަލީ ނިޒާރު އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ބައްދަލުކުރައްވަނީ
. އިންތިޚާބީ މޭޔަރު، އަލީ ނިޒާރު އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ބައްދަލުކުރައްވަނީ
އައްޑޫ ސިޓީ ކައުންސިލްގެ އިންތިޤާލީ މަޝްވަރާތައް ބާއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ކައުންސިލްގެ އިންތިޚާބީ މޭޔަރާއި، މެމްބަރުންނާއި، މިހާރުގެ ކައުންސިލް މެމްބަރުން އަދި މޭޔަރާއެކުވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމަޝްވަރާތަކުގައި އައްޑޫސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިންތިޚާބީ މޭޔަރު، އަލީ ނިޒާރާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އައްޑޫސިޓީގެ ތަރައްގީއަށް ކައުންސިލުން މިހާރު ރާވާފައިހުރި ކަންތައްތައް މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ހިއްސާކުރައްވާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އައްޑޫ ސިޓީއަކީ މިސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކުރަމުންދާ ސިޓީއެއް ކަން ފާހަގަކޮށްލެވެއެވެ. އައްޑޫގެ ފަތުރުވެރިކަން ފުޅާކުރުމަށް 4000 އެނދު އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައިވާއިރު އެ ސިޓީގައި ކޮމާޝަލް ޕޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް އެމަސައްކަތްވެސްވަނީ ފަށާފައެވެ. ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް އެ ސިޓީގައި ގާއިމްކޮށްފައިވާއިރު، ސިއްޙީ ދާއިރާ ފުޅާކުރުމަށްވެސް އިތުރު ޚިދުމަތްތަކެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އައްޑޫ ސިޓީއަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އެއްމެ ބޮޑު ހޭދައެއްކުރާ އެއް އަތޮޅު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބުގައި އައްޑޫސިޓީގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ވަނީ އެމްޑީޕީ އަށް ގެއްލިފައެވެ. އެ ސިޓީގެ 12 ދާއިރާގެ ތެރެއިން އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ހަ ދާއިރާއެއްގެ ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި 3 ކެންޑިޑޭޓުން ކައުންސިލަށް އިންތިޚާބުވެފައިވާއިރު އަނެއް 3 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓަކު ޕްރައިމަރީގައި ޓިކެޓް ނުލިބުމުން އަމިއްލަ ގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރަށްވައިގެން ގޮނޑި ކާމިޔާބު ކުރަށްވާފައި ވާތީ އައްޑޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުގެ ހަނި ފުރުސަތެއް އަދި އޮތް ކަމަށް ބައެއް މީހުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން