ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ.

މި މިސްކިތް މިއަދު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މިސްކިތް ހުޅުއްވައި ދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިސްކިތް އެޅުމަށް މަސައްކަތް ކުރަމުން ދިޔައިރު އިންސާނުންގެ ކަށިތަކެއް ފެނިފައިވާއިރު މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ކަށިތައް ނަގާ ފުރާނާ ސާފުކުރުމަށްފަހު ކަމަށެވެ.

އަދި މިސްކިތް ދަށުގައި އެއްވެސް ކައްޓެއް ނުހުންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މިސްކިތް ސާފުކޮށް ބެލެހެއްޓުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެވެ. އެ މިސްކިތަކީ އިސްލާމިކް މިނިސްޓްރީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އެޅި މިސްކިތެކެވެ. އިސްލާމިކް މިނިސްޓްރީ އިން ބުނީ ވަގުތީ މިސްކިތުގައި 500 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން