އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ހައްޔަރުކުރި މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ ހަސަނަށް 30 އަހަރު ފަހުން އެގައުމުން ބަދަލު ދޭން ނިންމި ނަމަވެސް އެމައްސަލައިގައި ދިވެހި ސަރުކާރުގެ ކިބައިން އިންޑިޔާއިން މައާފަށް އެދެންޖެހޭނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްޚާން ފަހުމީ ވިދާޅުވެއްޖެއެެވެ.

ދިވެހި ދެ އަންހެނުން ކަމަށްވާ ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ 1994 ވަނަ އަހަރު އިންޑިއާ އިން ހައްޔަރު ކޮށްފައި ވަނީ ޖާސޫސްކުރުމުގެ ތުހުމަތުގައެވެ. އެ ދެމީހުން ނުހައްގުން ހައްޔަރުކޮށްގެން 3 އަހަރު ދުވަސް ވަންދެން އިންޑިއާގެ ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅެފައިވެއެވެ. އެހާދިސާއަށް ތިރީސް އަހަރުފަހުން އިންޑިޔާ ސަރުކާރުން ވަނީ ފައުޒިއްޔާއާއި ރަޝީދާއަށް ބަދަލު ދޭން ނިންމާފައެވެ. އެކަމާ ގުޅިގެން "ރަސް އޮންލައިން" ގައި ޝާއިއުކުރި ޚަބަރެއް ހިއްސާކުރައްވަމުން އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމައްސަލައިގައި ދިވެހި ދައުލަތުގެ ކިބައިން އިންޑިޔާ ސަރުކާރުން މައާފަށް އެދެންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ކުޅަނދާނަ ތަރި، ފައުޒިއްޔާ ބުނެފައި ވަނީ ފޭކް އައިއެސްއާރްއޯ އެއްގެދަށުން އޭނާ އިންޑިއާގެ ޖަލަށްލައި ހައްގުތަކުން މަހުރޫމު ކުރިކަމަށެވެ. އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު އިންޑިއާ ސަރުކާރުން ދޭންޖެހޭނެ ކަމަށް އޭނާ 2018 ވަނަ އަހަރު ބުނެފައިވެއެވެ.

"އިންޑިއާ ސަރުކާރާއި ކެރަލާ ސަރުކާރުން އޭރު އަހަންނަށް ދިން އަނިޔާއާއެކު އަހަރެންގެ ދަރިފުޅުގެ ކިޔެވުން ވެސް ގެއްލުނީ. އިންޑިއާގެ ސިފައިންގެ އަމަލުތަކުގެ ސަބަބުން އިންޑިއާގައި އޭރު ކިޔަވަމުން ދިޔަ އަހަރެންގެ ދަރިފުޅުގެ ކިޔެވުން ވެސް ޖެހުނީ ހުއްޓާލަން، އަހަންނަށް ލިބުނު ނަފްސާނީ، ޖިސްމާނީ އަދި އެހެން ގެއްލުންތަކުގެ ބަދަލު ވެސް ދޭންޖެހޭނެ،"،" ފައުޒިއްޔާ ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން