ފަތުރުވެރިން ފިޔަވައި އިންޑިއާއިން އަންނަ އެހެން ފަރާތްތައް ކަރަންޓީންވާންޖެހޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓް ވީޒާގައި ރާއްޖެ އަންނަ ފަރާތްތައް ނޫން އެހެން ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެކަމަށެވެ. އޭގެ ތެރޭގައި އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި އިންޑިއާއިން ވޯކް ވީޒާގައި ރާއްޖެ އަންނަ ފަރާތްތައް ހިމެނެއެވެ. އަދި ކޯވިޑްގެ ވެކްސިންގެ 2 ޑޯޒް ޖަހާފައިވިޔަސް، ކަރަންޓީންވާންޖެހޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.



އިންޑިއާއިން އަންނަ ފަތުރުވެރިން ފިޔަވައި އެހެން ފަރާތްތަކުން ކަރަންޓީން ވާންޖެހޭގޮތަށް ހަމަޖެއްސިއިރު، އިންޑިއާގައި ކޯވިޑްގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. މިކަމާއި ގުޅިގެން އެހެން ބައެއް ޤައުމުތަކުންވެސް ދަނީ އިންޑިއާއަށް ދަތުރުކުރުން މަނާކޮށް، ނުވަތަ އެޤައުމުން އަންނަ ފަރާތްތައް ކަރަންޓީންވާންޖެހޭ އުސޫލަށް އަމަލުކުރަމުންނެވެ.

އިންޑިއާއިން މިހާތަނަށް 16.3 މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވާއިރު، 187 ހާސް މީހުން ވަނީ ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން