އަހުމަދު ޝާހް   24 އޭޕްރީލު 2021 - 0:5
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށީގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް 37 މީހުން އެބަތިބި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން މިއަދުގެ ނިޔަލަށް އެރަށުން 74 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 37 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިވަގުތު އެރަށުގައި ތިބި ބައްޔަށް ޕޮޒިޓިވް މީހުންގެ ޢަދަދަކީ 37 އެވެ.

ކޯވިޑް-19ގެ އަލާމާތްތައް ހުރި ދެ މީހަކު އޭދަފުށީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އޭދަފުށީ ހޮސްޕިޓަލުންވަނީ ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އެޗްޕީއޭއިން މިއަދު ވަނީ ‏ބ. އޭދަފުށިން ކޯވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އަންގަވާފައެވެ. އަދި އެތާރީޚްގެ ފަހުން ބ. އޭދަފުށްޓަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން