އއ. މަތިވެރި
އއ. މަތިވެރި
އއ. މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޢަދަދު 83 އަށް އަރާފައިވާކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން މިއަދު ބުނީ އެރަށުން އިއްޔެ ނެގި 150 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވަނީ 130 ސާމްޕަލްގެ ކަމަށެވެ. އަދި އޭގެ ތެރެއިން 64 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން މިހާތަނަށް މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 83 މީހުން ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 20 ސާމްޕަލް އެބައޮތްކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.

ކޮވިޑް ކޭސްތައް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން