ރާއްޖޭގެ ފުރަތަމަ ސްޕޭސްަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން ރާއްޖޭގެ ފުރަތަމަ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ

ގްލޯބަލް ސަކްސެސް، އައިޖީއެސްއިން ތައްޔާރުވެއްޖެއެވެ.

މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާ ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ.

މި ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑް ވެއަރ ސަޕްލައިކޮށް، ސެޓެލައިޓް ލޯންޗް ކުރުމުގައި ފަންނީ ގޮތުން އެހީތެރިވެދިނުމަށް އައިޖީއެސްއާއި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު މިދިޔަމަހު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސް ވުމުގެ ދަށުން، ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި، އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދާ އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި ގޮތުގައި މި މިޝަންއަށް ބޭނުންވާ ފަންޑިން ހަމަޖެހި، އަމަލީމަސައްކަތް ފެށުމަށް މިހާރުވަނީ ތައްޔާރު ވެފައެވެ.

"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނީ ވެސް އަދި މުޅި މިޝަން ލީޑް ކުރާނީވެސް ދިވެހި ޒުވާނުން. އެކަމަށް ބޭނުންވާ ތަމްރީނު އަޅުގަނޑުމެން ފޯރުކޮށްދޭނަން." މުއާސަލާތީ ކުންފުނި ދިރާގުގެ

އިސްމަގާމުތައް ފުރުއްވާފައިވާ ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކު އެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީއާއި މަޝްހޫރު ސްޕޭސް

ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާއެކު ސޮއި ކުރި އެއްބަސްވުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީނު ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން