ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާން އެމްޑީޕީގެ މެމްބަރުން ކިޔޫ ހަދާފައި: އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އަންނަނީ ތައްޔާރުވަމުން
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާން އެމްޑީޕީގެ މެމްބަރުން ކިޔޫ ހަދާފައި: އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އަންނަނީ ތައްޔާރުވަމުން
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށް އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރުން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު މިއަދު އާންމު ކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު 28 ވަނަ ދުވަހުގެ ހަވީރު 4:00 އަށް އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލެވެނީ، ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށާއި، ޕާޓީގެ ދަފްތަރުގައި މެންބަރުންގެ ނަން އޮތްތޯ ބަލާލުން މުުހިންމު ކަމަށް އިންތި ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުން އޮންނާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށް އިންތި ވިދާޅުވިއެވެ.

އެގޮތުން ޖަލުގައާއި ރާއްޖެއިން ބޭރުގައި އަދި ސިނާއީ ކަންކަމަށް ކަނޑައަޅާފައި ހުންނަ ތަންތަނުގައި ވޯޓުލުން ކުރިއަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިންތިހާބުގައި މާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެސް މާލޭގައި ވޯޓު ލެވޭނެ ކަމަށާއި ކޮންމެ މީހަކު ވެސް ރަޖިސްޓާ ވެފައިވާ ރަށަކަށް ވޯޓު ލެވޭނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެެވެ.

ހަމައެއާއެކު މި އިންތިހާބުގައި ރީރަޖިސްޓާ ކުރުމެއް ނޯންނާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ  އިންތިހާބުގައި ޖުމްލަ 455 މަގާމަކަށް މީހުން އައްޔަން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެ މަގާމުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެއެވެ.

މީގެ އިތުރުން ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ސެކެރެޓަރީންނާއި ނައިބުންގެ އިތުރުުން މީޑިއާ ސެކެރެޓަރީން ވެސް މި އިންތިހާބުގައި އައްޔަންކުރާނެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު 93،354 މީހުންނަށް ލިބިގެންވާ ކަމަށް އެޕާޓީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން