ވެރިކަންކުރާ ސަރުކާރުގެ މައިޕާޓީ، އެމްޑީޕީ ބައިބައިވެއްޖެކަމަަށް، ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށްބުނެ ގިނަ ބަޔަކު ޓްވިޓާގައި ފޮލޯކުރާ އެލެކްސް އަހުމަދު އެބަސްވެއްޖެއެވެ.

އެލެކްސް އަހުމަދު އެމްޑީޕީ ބައިބައިވެއްޖެކަމަށް ބުނީ، އެމްޑީޕީގެ މާލެ ދާއިރާއަށް ވާދަކުރައްވާ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާ ގުޅޭގޮތުން ދެއްކި ވާހަކައެއްގެ ތެރެއިންނެވެ. މީގެކުޑަ ދުވަސްކޮޅެއް ކުރިން އެމްޑީޕީގެ އެތެރޭގައި ހިނގި ދެބަސްވުމެއްގައި އަކްރަމާއި ރައީސް ނަޝީދުގެ ޚިޔާލުތަފާތުވުމެއް ހިނގައި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިހާރުވެސް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ ގޮތުގައި ހުންނަވާ އަކްރަމަށް ނިސްބަތްކޮށް އެލެކްސް ބުނީ އޭނާ މާލެ ދާއިރާގެ ރައީސަކަށް ހުރެގެން ކުރިކަމަކީ އެމްޑީޕީ ބައިބައިކުރުންކަމަށެވެ. އެގޮތުން މީހުންގެ މެދުގައި ދޭތެރޭ ޖައްސާ، ދެބައުޑުވާ، އެމްޑީޕީ ތެރޭގައި ފިތުނަ އުފައްދާފައިވާކަމަށް އެލެކްސް ބުންޏެވެ. އަދި އެއީ ވަރަށް އެހެން ކަހަލަ ހުނަރެއްކަމަށްވެސް އެލެކްސް ބުންޏެވެ. ދޭތެރެ ޖައްސާ ދެބައޮޑުވުމާއި ޕާޓީ ބައިބައި ކުރުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތަކީ އަކްރަމާއި މެދު އެމްޑީޕީގެ ގިނަ މެންބަރުން ކުރާ ތުހުމަތެކެވެ.





ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ބެލެވޭ އެކައުންޓަކުން އަކްރަމް ކަމާލުއްދީނަށް ވަރަށް ބޮޑަށް ފާޑު ކިޔައި ވާހަކަދައްކާފައިވާއިރު، އަކްރަމްވެސް ވަނީ ނުސީދާކޮށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދަކީ ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާ ނޯތު ކޮރެޔާގެ ލީޑަރާއި އެއްފަދަ ބޭފުޅެއްގެ ގޮތުގައި އަކްރަމް ވަނީ ނަޝީދު ސިފަކުރައްވާފައެވެ.

ދެބަޔަށް ބެހިފައިވާ ކަމަށް ބުނާ އެމްޑީޕީގެ ދެބައިގެ ތެރެއިން އަކްރަމަކީ ރައީސް ޞާލިހުގެ ފަޅި ނަންގަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން މީސްމިޑިއާގައި ހާމަކޮށްފައިވާ ވާހަކަތަކުން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން