ލޯކަލް ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް ވޯޓްލައްވަނީ
ލޯކަލް ކައުންސިލް އިންތިޚާބުގައި ނާއިބް ރައީސް ވޯޓްލައްވަނީ
މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މައްސަލަ ދިމާވެގެންނާއި، ވޯޓު އެއްވަރުވެގެން 12 ދާއިރާއެއްގައި އަލުން ވޯޓުލުން ބާއްވަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުށަހެޅުނު ހުރިހާ މައްސަަލަތަކާއި ޝަކުވާތައް ބަލައި ނިމި ދާއިމީ ނަތީޖާވެސް އިއުލާން ކުރެވިފައިވާކަމަށެވެ.

އިންތިޚާބުގައި ވޯޓަށް އަސަރުކުރާފަދަ މައްސަލަތަކެއް ދިމާވެގެން ތ. ގާދިއްފުއްޓާއި، ލ. މާވަށުގައި އަލުން އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިއްމާފައެވެ. އީސީ ޝަރީފް ވިދާޅުވީ މައްސަލަ ދިމާވެގެން 2 ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، ހަތަރު ދާއިރާއެއްގެ ވޯޓުގެ ނަތީޖާ އެއްވަރުވެފައިވުމުން އެދާއިރާތަކުގައިވެސް އިންތިޚާބު އަލުން ބާއްވަން ނިއްމައިފައިވާ ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ 4 ދާއިރާއަކީ ހއ. ތަކަންދޫ، ފ. ދަރަނބޫދޫ، މ. ރަތްމަންދޫ، އަދި ބ. ކިހާދޫ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އެއްވަރުގެން 6 ދާއިރާއެއްގައި ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ.

މިދާއިރާ ތަކުގައި އިންތިޚާބު ބާއްވާނެ ވަކިތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެެވެ. އިންތިޚާބުގައި ވާދަކުރުމަށް ކަނޑައެޅި އަދަދަށް ކުރިމަތިލާފައިނުވާ ދާއިރާތަކުގައި އަލުން ވޯޓުލުމުގެ ކަންކަން ބޭއްވުމުގެ މަަސައްކަތް ކުރަމުންދާއިރު އެކަމާ ގުޅިގެން ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި މިދާއިރާތަކަށް އަލުން ހުޅުވާލާނެ ދުވަހަކާއި އިންތިޚާބު ބާއްވާނެ ދުވަހެއް އިޢުލާން ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން