އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ އެތެރޭގެ އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް މެއި މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ކަމަށެވެ.



އިންތިހާބުގައި ވާދަކުރަން ބޭނުންވާ މެންބަރުންގެ ތެރެއިން ދާއިރާއަކަށް ވާދަ ކުރާނަމަ އެ ދާއިރާ އަކަށް ނިސްބަތްވާ އެމްޑީޕީގެ 50 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެެވެ. އަދި ސިޓީއަކަށް ނުވަތަ ޕްރޮވިންސަކަށް ކުރިމަތިލައްވާނަމަ އެ ސިޓީއެއް ނުވަތަ އެ ޕްރޮވިންސެއްގައި ތިބޭ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 200 މެންބަރުންގެ ސޮއި ހިމެނޭ ގޮތަށް ތާއީދު އޮތް ކަން އަންގައިދޭ ލިޔުމެއް ހުށަޅަންޖެހޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.



އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވޯޓުލުން އޮންނާނީ މެއި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެމްޑީޕީން ބުނީ ވޯޓްލާން އެއްވެސް ގައުމެއްގައި ވޯޓް ފޮއްޓެއް ނުބަހައްޓާނެ ކަމަށެވެ. އެކަމަކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން