އަހުމަދު މަސްނޫމް   24 އޭޕްރީލު 2021 - 18:48
މަސް ދޯނިތަކަށް މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 9.03ރ. އަށް ކަމަށެވެ. އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 11.10ރ. އަށެވެ. މީގެކުރިން މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 9.60ރ. އަށެވެ. އެހެންކަމުން މިއީ ލީޓަރަކުން 57 ލާރީގެ ހެޔޮވުމެކެވެ.

މިފްކޯއިން ބުނީ މަސް ދޯނިތަކަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފައިވަނީ އެސްޓީއޯގެ ފިއުލް ސަޕްލައި މެދުވެރިކޮށް މިފްކޯއަށް ތެޔޮ ލިބޭ އަގުވެސް ދަށްވެފައިވާތީކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއިއެކު އެސްޓީއޯއިންވެސް ތެލުގެ އަގުތަކަށް ބަދަލުތައް ގެނެއެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ ހިންގުމާއި އަމްރު ހަވާލުވެވަޑައިގެންނެވި ފަހުން އެސްޓީއޯގެ ހުނގުން މަޑުޖެހި ވިޔަފާރި ދަށްވެ އެސްޓީއޯއިން ރީޓެއިލް މުދާ ވިއްކާ ޕީޕަލް ޗޮއިސްގެ ހަރުތައް ހުސްވެ، އެބޮޑު ފިހާރަ ވަރަށް ނިކަމެތިވެ، އެސްޓީއޯ އަޑިއަށްގޮސް ދަރަނިވެރިވަމުންދާ ކަމަށް އާންމުން ބުނަމުންދާއިރު އެސްޓީއޯއަށް މިހާރު ފައިދާ ލިބޭ ހަމައެކަނި ވިޔަފާރިއަކީ ތެޔޮވިއްކައިގެން ލިބޭ އާމްދަނީކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން