ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ވެއްޓި އެ ކުންފުނީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.

އެސްޓީއޯ އިން ބުނީ މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު ކަމަށެވެ. އަނިޔާވި ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިހާދިސާ ހިގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެސްޓީއޯ އިން ބުނީ މިކަމާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން