ކ. ހުރާ
ކ. ހުރާ
ކޯވިޑް-19 ފެތުރެމުން ދިއުމާގުޅިގެން މީހުން އަރައިފޭބުން މަނާކޮށްފައިވާ ކ. ހުރާ އާއި ތ. ވިލުފުށީގެ މޮނިޓަރިންގެ ހާލަތު އެޗްޕީއޭއިން ނިމުމަކަށް ގެނެސްފިއެވެ.

ހުރާ މޮނިޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ހުރާއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ 72 އަހަރުގެ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްކަން އެނގިފައިވަނީ ބަލިވެއުޅޭތީ އިތުރު ޓެސްޓްތަކެއް ހެއްދުމަށް މާލެ ގެންގޮސް ޓެސްޓް ކުރުމުންނެވެ. އެރަށުން 175 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

އަދި ވިލުފުށި މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އެވެ. ވިލުފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ރޯގާ ޖެހިގެން އެރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުން ސާމްޕަލް ނެގި މީހެކެވެ. ވިލުފުށިން 16 މީހަކު މިއަދާ ހަމައަށް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހުރައާއި، ވިލުފުށި މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 27،403 އަށް އަރާފައިވާ އިރު، މި ބަލީގައި މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން