އއ. މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޢަދަދު 118 އަށް އަރާފައިވާކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.
މަތިވެރީ ސިއްޙީ މަރުކަޒުން މިއަދު ބުނީ އެރަށުން ނެގި 248 ސާމްޕަލްގެ ތެރެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 118 މީހުން ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 14 ސާމްޕަލް އެބައޮތްކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.
މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.
ކޮވިޑް ކޭސްތައް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު