މައިމީހާއަށް ކޯވިޑް ޖެހިފައި ވަނިކޮށް ވިހެއުމުން ރާއްޖޭގައި މިއަދުވެސް 3 ތުއްތު ކުދިން ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިރޭ ވިދާޅުވީ، ތުއްތު ކުދިން ބައްޔަށް ނެގެޓިވްވި ނަމަވެސް މަންމަ ޕޮޒިޓިވް ވުމުން ފަރުވާދޭންޖެހެނީ ކުދިން ވަކިކޮށްގެން ވަކި ކިޔުބިކަލްތަކުގައި ކަަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކަށީގެންވާ ވަރަށް ނަރުހުންނާއި، މެޝިނަރީޒް ނެތްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.
ޑޮކްޓަރ ފައިސަލް ވަނީ ރާއްޖޭގެ ހާލަތު ގޯސް ކަމަށް ވިދާޅުވެ މާބަނޑު މީހުން ކޯވިޑަށް ފަރުވާތެރިވުމަށް އިރުޝާދު ދެއްވާފައެވެ. ފައިސަލް ވިދާޅުވީ މިއަދުވެސް މައިމީހާއަށް ކޮވިޑް ޖެހިފައި ހުއްޓާ ވިހެއުމުގެ ސަބަބުން އުފަންވި 3 ކުދިން ތިބީ ވެންޓިލޭޓަރގައި ކަމަށެވެ.
ރާއްޖޭގައި ކޯވިޑްގެ ޙާލަތު އިތުރަށް ގޯސްވަމުން އަންނައިރު އެޗްޕީއޭއިން ވަނީ ކޯވިޑް-19 އާ ގުޅިގެން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 300 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.

24.04.2021
— Ahmed Faisal (@Faisalnaifaru) April 24, 2021
ކޮވިޑުޖެހިފައިހުއްޓާ 🤰ވިހެއުމުގެ ސަބަބުން އުފަންވި 👶ގެެތެރެއިން 3 👶 ވެންޓިލޭޓަރގައި
އެ👶 ނައްސިވިޔަސް ކޮންޓެކްޓުންނަށްވާތީ ފަރުވާދޭންޖެހެނީ ވަކިކޮށްގެން ވަކި ކިޔުބިކަލްތަކުގައި
އެކަށީގެންވާވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް؛ ހާލަތު ގޯސް
ރާއްޖޭގައި ކޯވިޑްގެ ޙާލަތު އިތުރަށް ގޯސްވަމުން އަންނައިރު އެޗްޕީއޭއިން ވަނީ ކޯވިޑް-19 އާ ގުޅިގެން މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ނަމަވެސް އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 300 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު