ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫން ކޯވިޑަށް ޕޮޒިޓިވް ތިން މީހަކު ފެނުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިމަހުގެ 22 ވަނަ ދުވަހު އެރަށުންނެގި ރިލީޒް ދެ ސާމްޕަލް ކޮވިޑަށް ޕޮޒިޓީވް ވެފައިވާ ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި އިތުރު މީހަކު ޕޮޒިޓީވްވެފައި ވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ. ތިނަދޫން ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ ތިނަކަށް އަރާފައެވެ.

ތިނަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 27،621 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން