އެމްޑީޕީގައި ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް ނެތްކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ އެއްވެސް މީހަކަށް ވާދަނުކުރެވޭ ގޮތަށް އެ ޕާޓީން ނިންމުމާއި ގުޅިގެނެވެ. 

ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏އެތައް ވައްކަމެއްގެ ތުހުމަތާއެކު ވަޒީރުންނާއި މެންބަރުން އެމްޑީޕީގައި އެބަތިބިކަމަށެވެ. އަދި ކޮވިޑްގެ ތެރޭގައި ބޮޑެތި ވައްކަން ހިންގާއިރު އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާކަމަށް ޖަމީލު ތުހުމަތު ކުރެއްވިއެވެ. ޖަމީލު ވިދާޅުވީ އެމްޑީޕީގައި ކޮރަޕްޝަންގެ ނަޖިސް ނޫން އެއްޗެއް ނެތްކަމަށެވެ.

"ކަމިޝަންތައް ފުނިޖެހި، ހުއްޓިފައިއޮތީ ތިހިސާބުން. ހަމަލަދުވެސް ނުގަނޭތޯ؟ " ޖަމީލު ވިދާޅުވެފައިވެއެވެ.



އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކުރިޔަށް އޮތް އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާފައެވެ.

މިގޮތުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ވަނީ ފާސްކޮށްފައެވެ. މީގެއިތުރުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާއްމުކޮށްފައިވާ އެއްވެސް ލިސްޓެއްގައި ހިމެނޭ އެއްވެސް މީހަކަށްވެސް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ރޭފްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ކޮށްފައިވާ މީހުންނަށްވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން