މާންދޫ
މާންދޫ
ލ. މާންދޫ ކްލަސްޓަރ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ ޢަދަދު 45 އަށް އަރައިފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން އެންމެ ފުރަތަމަ ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެއާއެކު އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކްލަސްޓަރ އާއި ގުޅުން ހުރި ކޭސްތަކެއް ފެނުމާ ގުޅިގެން ލ. ގަމާއި ފޮނަދޫއަށް އަރާ ފޭބުންވެސް އިއްޔެ ވަނީ މަނާކޮށްފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެ އެ ކްލަސްޓަރ އިން 34 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެއާއިއެކު އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ. އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 153 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 85 ސާމްޕަލް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 27،621 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން