އަހުމަދު މަސްނޫމް   25 އޭޕްރީލު 2021 - 18:28
ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެއްސަކަށް 4 މަސްދުވަސް ވަންދެން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން މިއީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ކޯވިޑަށް ފަރުވާދިން މީހާއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ. މުހައްމަދު އަލީ ވިދާޅުވީ 4 މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ އެ ބަލިމީހާ އިއްޔެ ދޫކޮށްލާފައިވާކަމަށެވެ. އަދި އެއީ 58 އަހަރުގެ އަންހެނެއްކަމަށް އޭނާ ވިދާޅުވިއެވެ.



ކޯވިޑް ޖެހިގެން އެމީހާ އެޑްމިޓްކޮށްފައިވަނީ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާ ދޫކޮށްލާފައިވަނީ އިއްޔެއެވެ. އެހެންކަމުން އޭނާއަށް 4 މަސް ދުވަހަށްވުރެ ގިނަ ދުވަހު ފަރުވާދޭންޖެހުނެވެ.

މި މުއްދަތުގައި އެމީހާއަށް ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އައިސީޔޫ އަދި އައިޖީއެމްއެޗް ޕްރައިވެޓް ވޯޑްގައި ފަރުވާދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން