މާލޭ ޖަލު
މާލޭ ޖަލު
މާލޭ ޖަލުން 13 ގައިދީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ބުނީ މާލެ ޖަލުގެ އެނެކްސް އެކަކުން ނެގި ސާމްޕަލްތަކުން 13 ޤައިދީން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެނެކްސް 1 ލޮކްޑައުން ކުރެވި، ކޯވިޑް-19 އާ ބެހޭ އުޞޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް ކަރެކްޝަންސުން ވަނީ ބުނެފައެވެ.

މީގެކުރިން ފުލުހުންގެ ތަހުގީގަށް މީހުން ބައިތިއްބާ ދޫނިދޫގެ އިތުރުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި މާފުށީ ޖަލުން ވެސް ވަނީ ކޯވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން މާފުށީ ޖަލުން އެއް އޮފިސަރަކު އަދި އައްސޭރި ޖަލުން ވެސް އެއް އޮފިސަރަކު ޕޮޒިޓިވްވެފައިވާކަމަށް ކަރެކްޝަންސުން ބުނެފައި ވެއެވެ. މީގެ އިތުރުން ދޫނިދޫން 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސުން އޭރު ބުނީ އައްސޭރި ޖަލާއި މާފުށީ ޖަލުގައި ތިބި ހުރިހާ އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން