އއ. މަތިވެރި
އއ. މަތިވެރި
އއ. މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޢަދަދު 134 އަށް އަރާފައިވާކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން މިއަދު ބުނީ އެރަށުން ނެގި 324 ސާމްޕަލްގެ ތެރެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 134 މީހުން ކަމަށެވެ. މިއަދު އެރަށުން 3 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު އެރަށުގައި އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 123 މީހުންނެވެ. އަދި ނަތީޖާ ނުލިބޭ 92 ސާމްޕަލް އެބައޮތްކަމަށާއި، 11 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން