މާލެ އަތޮޅު މާފުށި
މާލެ އަތޮޅު މާފުށި
ކޯވިޑް-19 އަށް ކ. މާފުށިން ޕޮޒިޓީވްވީ މިހުންގެ ޢަދަދު 148 އަށް އަރައިފިއެވެ.

މާފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެކަމާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. މާފުށިން ޕޮޒިޓީވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުން ގިނަ ޢަދަދެއްގެ ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އަދި ފަހުން ޕޮޒިޓީވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މާފުށީ ސިއްޙީ މަރުކަޒުން ބުނީ އެރަށުން އިއްޔެވެސް 61 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެއާއެކު އެރަށުން ޖުމްލަ ޕޮޒިޓިވްވީ ޢަދަދު 148 އަށް އަރާފައިވާ ކަމަށެވެ.

މާފުށީގައި ކޯވިޑް-19 ފެތުރެމުންދާތީ މާފުށީ ކައުންސިލުން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން