ކ. ތުލުސްދޫ
ކ. ތުލުސްދޫ
މާލެ އަތޮޅު ތުލުސްދޫ އާއި އއ. އުކުޅަހުން ކޯވިޑަށް ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން އެދެރަށަށް މީހުން އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ބަލީގެ ޢަލާމާތްތަކެއް ހުރުމުން ތުލުސްދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓީވް ވެފައިވާ ކަމަށެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ޢުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އުކުޅަހުން ބަލީގެ ޢަލާމާތްތައް ހުރުމުން ޑޮކްޓަރަށް ދެއްކި ތިން މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ރަށުން ޕޮޒިޓީވް ވެފައިވަނީ އިންޑިއާ ދެ މީހުންނާއި ދިވެއްސެކެވެ. އަދި އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބަލައި އެ ރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ތުލުސްދޫ އާއި އުކުޅަހުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން