އަހުމަދު ޝާހް   27 އޭޕްރީލު 2021 - 21:12
އޭދަފުށި
އޭދަފުށި
އޭދަފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 122 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު މެންދުރު 1:00 އާ ހަމައަށް އެރަށުން 122 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން 39 ގެއެއް ކަރަންޓީން ކޮށްފައިވާއިރު 800 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން