އަހުމަދު ޝާހް   27 އޭޕްރީލު 2021 - 22:37
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޯވިޑް-19 ބަލިން ފަސޭހަވެއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މެޑަމް ފަޒްނާ މިއަދު ވިދާޅުވީ، އެކަމަނާ މިހާރު ކޯވިޑް-19 އިން ފަސޭހަ ވެފައިވާ ކަމަށާއި، އެކަމަނާ އަށް ހެޔޮ ދުޢާ ކުރެއްވި އެންމެންނަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ.

މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަމަނާ މީގެ ކުރިން ހުންނެވީ ޢާއިލާއާއި އެކު އެކަހެރިވެ ވަޑައިގެންނެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ ދެކަނބަލުންގެ ދެބޭފުޅުން ކޯވިޑް-19 އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން