މާންދޫ
މާންދޫ
ލ. މާންދޫ ކްލަސްޓަރ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ ޢަދަދު 56 އަށް އަރައިފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން އެންމެ ފުރަތަމަ ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެއާއެކު އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކްލަސްޓަރ އާއި ގުޅުން ހުރި ކޭސްތަކެއް ފެނުމާ ގުޅިގެން ލ. ގަމާއި ފޮނަދޫއަށް އަރާ ފޭބުންވެސް އިއްޔެ ވަނީ މަނާކޮށްފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 56 އަށް އަރާފައިވާ ކަމަށެވެ. އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 796 ސާމްޕަލެއް ނަގާފައިވާއިރު މިހާތަނަށް ލިބިފައިވަނީ 158 ސާމްޕަލްގެ ނަތީޖާއެވެ. އަދި މިއަދު ގަމުން ވަނީ 15 އަހަރުގެ ކުޑަ ކުއްޖަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 28،202 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން