ކ. މާފުށި
ކ. މާފުށި
ކޯވިޑް-19 އަށް ކ. މާފުށިން ޕޮޒިޓީވްވީ މިހުންގެ ޢަދަދު 204 އަށް އަރައިފިއެވެ.

މާފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެކަމާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. މާފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުން ގިނަ ޢަދަދެއްގެ ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އަދި ފަހުން ޕޮޒިޓީވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާފުށީ ސިއްޙީ މަރުކަޒުން ބުނީ އިއްޔެ އާއި މިއަދު އެރަށުން 53 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެއާއެކު އެރަށުން ޖުމްލަ ޕޮޒިޓިވްވީ ޢަދަދު 204 އަށް އަރާފައިވާ ކަމަށެވެ.

މާފުށީގައި ކޯވިޑް-19 ފެތުރެމުންދާތީ މާފުށީ ކައުންސިލުން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި މިހާތަނަށް އެރަށުގެ 68 ތަނެއް ވަނީ ކަރަންޓީން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން