ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙްސިން
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙްސިން
ބޮލަކަށް 400 ޑޮލަރަށް އެއަރޕޯޓުގައި ޕީސީއާރު ޓެސްޓް ހަދާކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުހުތާޒް މުޙުސިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފޭކް ނެގެޓިވް ޕީސީއާރު ނަތީޖާތަކެއް ހަދައިދެމުން އަންނަ ކަމުގެ ތުހުމަތު، ބައެއް ލެބޯޓަރީތަކުގެ ވެރިން މިއަދު ކޮށްފައިވާތީ އެކަމާ ގުޅިގެން މުހުތާޒް މިއަދު ވިދާޅުވީ، އެއަރޕޯޓު އެޖެންޓުން މެދުވެރިކޮށް 15 މިނެޓް ތެރޭގައި ނަތީޖާ ލިބޭ ޓެސްޓްތަކެއް ފަތުރުވެރިންނަށް، ހަދައިދެމުން ގެންދާ ކަމަށެވެ.

އަދި މިއީ ލެބޯޓަރީތަކުގެ ވެރިންނާ ކޮށްލުން ރަނގަޅު ސުވާލެއް ކަމަށާއި، މިފަދަ ޓެސްޓް ތަކުގައި ބޮލަކަށް 400 ޑޮލަރު ނަގައިގެން ޕީސީއާރު ހަދަނީ ކޮން އެޑްވާންސް ޓެކްނޮލޮޖީއެއްގެ އެހީގައި ކަންވެސް ސާފުކޮށްލަން ބޭނުންވާކަމަށެވެ.

ރާއްޖޭގައި ފޭކް ޓެސްޓް ތަކެއް ހަދަމުން ގެންދާ ކަމުގެ ތުހުމަތު ލެބޯޓަރީތަކުގެ ވެރިން ކޮށްފައިވާއިރު، ބައެއް ފަތުރުވެރިން ގެންދަނީ އެއަރޕޯޓުން އެމީހުންގެ އަތުން ޓެސްޓް ހެދުމަށް ނަގާ ފައިސާގެ ރިފަންޑް ހޯދުމަށް ރިސޯޓްތަކަށް ހުށައަޅަމުންނެވެ. އަދި މިގޮތަށް ހުށައަޅާފައިވާ ބައެއް ލިޔުންތައް ފޯޖް ކޮށްފައިވާ ކަމުގެ މައްސަލަތަކެއްވެސް ވަނީ ފާހަގަވެފައެވެ.

އެޗްޕީއޭ އިންވެސް ބުނެފައިވަނީ އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ފޭކް ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންކޮށްގެން ދަތުރުކުރުން ދުނިޔޭގައިވެސް މިހާރު ވަނީ ޙައްލު ކުރުމަށް އުނދަގޫ ބޮޑު މައްސަލައަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން