ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ރާއްޖެއިން ކޯވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ. އެއާއެކު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 73 އަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

މިއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 73 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 64 ދިވެހިންނާއި، 9 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން 29،052 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ދިފާޢީ ވެކްސިން ކެމްޕޭނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުވެފައި ވީނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަކަށް އަދި ނުބެލެވެއެވެ. މީގެއިތުރުން މިހާރު ދެމުންދާ ލުއިތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން