ކޮމިޝަނަރ އޮފް ކަރެކްޝަންސް އަޙްމަދު މުޙައްމަދު (ވ)
ކޮމިޝަނަރ އޮފް ކަރެކްޝަންސް އަޙްމަދު މުޙައްމަދު (ވ)
ރާއްޖޭގެ ޖަލުތަކުގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، ޖަލު ބަންދުގައި ތިބި ހައިރިސްކު ކުށްވެރިން ގެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ހާމަކޮށްފިއެވެ.

ކޮމިޝަނަރ އޮފް ކަރެކްޝަންސް އަޙްމަދު މުޙައްމަދު މިރޭ ވިދާޅުވީ، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ތިބި ހައިރިސްކް މީހުން ވަގުތީ ގޮތުން ގެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ނަމަވެސް ގެއަށް ބަދަލުކުރާ ގައިދީންގެ ޢަދަދު ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.



ކަރެކްޝަންސް އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީންވެސް މިރޭ ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރުމުން ޖަލުގައި ތިބި ހުރިހާ ޤައިދީން ގެއަށް ބަދަލު ކުރުމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

ކަރެކްޝަނުން އިއްޔެ ބުނީ، ޖަލުތަކުން 20 ގައިދީން ޕޮޒިޓިވް ވުމުގެ އިތުރުން، މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން 33 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ޖަލުތަކުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 53 އަށް އަރާފައެވެ. އަދި 127 މީހުން ކަރަންޓީނުކޮށްފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން