އަލްހާން ފަހުމީ
އަލްހާން ފަހުމީ
ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަކީ ސަރުކާރުން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދެވި ރައީސް ޔާމިން ގެއަށް ބަދަލުކުރީ މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ކަމަށް ކަރެކްޝަންސް ސަރވިސް އިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އަލްހާން މިރޭ ވިދާޅުވީ، ރައީސް ޞާލިޙްގެ މި ނިންމެވުމަކީ ޤައުމީ މަސްލަޙަތާއި ދަޢުލަތުގެ ސިޔާސީ ހަމަޖެހުމަށް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްފައިވަނީ އެއް މަސްދުވަހަށެވެ.



ރައީސް ޔާމީން މިރޭ ގޭބަންދަށް ބަދަލުކޮށްފައިވާއިރު ރާއްޖޭގެ ޖަލުތަކުގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، ޖަލު ބަންދުގައި ތިބި ހައިރިސްކު ކުށްވެރިން ގެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން މިރޭ ވަނީ ހާމަކޮށްފައެވެ.

ކަރެކްޝަނުން އިއްޔެ ބުނީ، ޖަލުތަކުން 20 ގައިދީން ޕޮޒިޓިވް ވުމުގެ އިތުރުން، މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން 33 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ޖަލުތަކުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 53 އަށް އަރާފައެވެ. އަދި 127 މީހުން ކަރަންޓީނުކޮށްފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން