ލ. މާންދޫ
ލ. މާންދޫ
ލ. މާންދޫ ކްލަސްޓަރ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ ޖުމްލަ ޢަދަދު 243 އަށް އަރައިފިއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން އެންމެ ފުރަތަމަ ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެއާއެކު އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އެ ކްލަސްޓަރ އާއި ގުޅުން ހުރި ކޭސްތަކެއް ފެނުމާ ގުޅިގެން ލ. ގަމާއި ފޮނަދޫއަށް އަރާ ފޭބުންވެސް އިއްޔެ ވަނީ މަނާކޮށްފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 243 އަށް އަރާފައިވާ ކަމަށެވެ. އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 1000 ސާމްޕަލެއް ނަގާފައިވާއިރު މިހާތަނަށް ނުލިބިވަނީ 397 ސާމްޕަލްގެ ނަތީޖާއެވެ. އިއްޔެ އެކަނިވެސް އެ ކްލަސްޓަރ އިން ވަނީ 26 މީހުން ޕޮޒިޓިވް ވެފައެވެ.

މީގެއިތުރުން ބ. އޭދަފުށިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 137 އަށް އަރައިފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެރަށުން 137 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެރަށުން މިހާތަނަށް 1010 ސާމްޕަލް ނަގާފައިވާއިރު 17 ސާމްޕަލްގެ ނަތީޖާ ނުލިބެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވިކަމަށް ބެލެވިގެން ޓެސްޓް ހެދި މީހުންކަމަށެވެ. އަދި މިހާރުވެސް އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 29،370 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން