އއ. ރަސްދޫ
އއ. ރަސްދޫ
އއ. ރަސްދޫން ކޯވިޑަށް ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން އެރަށަށް މީހުން އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ބަލީގެ ޢަލާމާތްތަކެއް ހުރުމުން ރަސްދޫ ފްލޫ ކްލިނިކަށް ދެއްކި ފަސް މީހަކު ކޮވިޑަށް ޕޮޒިޓީވް ވެފައިވާ ކަމަށެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން ވަކިގޮތެއް އަންގަންދެން އެރަށަށް މީހުން އެރުމާއި އެރަށުން މީހުން ފޭބުން ވަނީ މަނާކޮށްފައެވެ.

ރަސްދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަސްްދޫގެ އިތުރުން އެ އަތޮޅު އުކުޅަހާއި، މަތިވެރިވެސް މިވަގުތު އޮތީ މޮނިޓަރިންގައެވެ.

އއ. މަތިވެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 191 އަށް އަރާފައެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން ބުނީ އެރަށުން ނެގި ސާމްޕަލް ތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 191 މީހުން ކަމަށެވެ. އިއްޔެ އެރަށުން 9 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު އެރަށުގައި އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 180 މީހުންނެވެ. އަދި ނަތީޖާ ނުލިބޭ 53 ސާމްޕަލް އެބައޮތްކަމަށާއި، 11 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.

މަތިވެރިން ޕޮޒިޓިވް ވެފައިވަނީ 172 ދިވެހިންނާއި، 04 ބަނގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ 3 މީހުންނާއި، ސާބިއާ މީހެކެވެ.

މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސްއެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން