ކޯވިޑް ވެކްސިން ޖެހުން ކުރިޔަށްދަނީ
ކޯވިޑް ވެކްސިން ޖެހުން ކުރިޔަށްދަނީ
މާލެ ސަރަހައްދުގައި ވެކްސިން ދޭ ސެންޓަރުތައް މާދަމާ ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ މެއި އެކެއްވާ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އެކަމާގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ ފަރާތްތަކުގެ ތެރެއިން ވެކްސިން ނުޖަހާ 20،000 މީހަކު އަދިވެސް އެބަ ތިބި ކަމަށެވެ.

އަދި މިހާރު ހުރި ވެކްސިން ސްޓޮކް ހުސްވަން ވާއިރަށް އާ ސްޓޮކް ލިބޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ވެކްސިން ހުސްވެގެން ވެކްސިން ޕްރޮގްރާމް ހުއްޓާލަން ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޝާހް ވިދާޅުވިއެވެ. ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ލޮކްޑައުން ނުވަތަ އެހެން ފިޔަވަޅުތަށް އެޅުން މުހިންމު ކަމަށް ފެނިއްޖެނަމަ ޕޮލިސީ ލެވެލްގައި އެކަން ކުރާނެކަމަށް ޑރ. ޝާހް މާހިރު އިއްޔެ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން