ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ދެން އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓާއި އެކުގައި ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ވަނީ، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 3 މޭ 2021 އިން ފެށިގެން، ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާފައެވެ.

އެހެން ނަމަވެސް މީގެ ތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދީން ނުހިމެނޭނެ ކަމަށާއި، މިފިޔަވަޅު އެޅިނަމަވެސް، ޚާއްޞަ ހާލަތްތަކުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެޗްޕީއޭ އިން ވަނީ އަންގަވާފައެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން