ޑރ. އަަފްޒަލް
ޑރ. އަަފްޒަލް
ނ. މަނަދޫ މީހާ ކޯވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އައިޖީއެމްއެޗުން ފަރުވާ ހޯދައިގެން މާލޭގެ ގެސްޓް ހައުސް އަކަށް ދިޔަ ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މަނަދޫން ފައްސިވި އަންހެން މީހާ ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް އައީ. އެއީ 80 އަހަރުގެ އަންހެނެއް. އޭނާ އައިޖީއެމްއެޗަށް އައީމަ އޮންނަ އުސޫލުގެެ ތެރެއިން ޓެސްޓް ކުރެވުނު. އޭނާ ޓެސްޓް ކުރީ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިގެނެއް ނޫން. އޭނާ ފަރުވާ ހޯދުމަށް ފަހު ދެން ދިޔައީ ގެސްޓް ހައުސްއަކަށް. އެތަނުގައި ހުއްޓާ ފައްސިވިކަން އެނގުނީ. އެހެންވެ އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ." ޑރ.އަފްޒަލް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މަނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މާލެއަށް ފޮނުވާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ބަނޑުގައި ރިއްސާތީ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 481 އަށް މިހާރު ވަނީ އަރާފައެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް ބަލިން ރަނގަޅުވީ 17 މީހެކެވެ. މިހާރު ބަލި ޖެހިފައި ތިބި 464 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ހަ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެ އިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން