މާލެ އަތޮޅު މާފުށި
މާލެ އަތޮޅު މާފުށި
ކޯވިޑް-19 އަށް ކ. މާފުށިން ޕޮޒިޓީވްވީ މިހުންގެ ޢަދަދު 309 އަށް އަރައިފިއެވެ.

މާފުށިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތައް ހުރުމުން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެކަމާ ގުޅިގެން މިމަހުގެ 20 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އެރަށަށް އަރައި ފޭބުން މަނާކޮށްފައެވެ. މާފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުން 1200 އަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހަދައި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާފުށީ ސިއްޙީ މަރުކަޒުން ބުނީ އެރަށުން 309 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެރަށުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 100 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައި ނުވާކަމަށެވެ.

މާފުށީގައި ކޯވިޑް-19 ފެތުރެމުންދާތީ މާފުށީ ކައުންސިލުން ވަނީ އެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ 24 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ކޮވިޑްގެ 1577 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން