ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މުވާއްޒަފުން މަރުޙަބާ ކިޔަނީ
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މުވާއްޒަފުން މަރުޙަބާ ކިޔަނީ
ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިފައިވާ ކާމިޔާބުގެ އެންމެ އިސްދައުރެއް އަދާކުރަށްވަނީ އެދާއިރާގެ މުވައްޒަފުން ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ސިނާޢަތުގެ ވުޒާރާ އާއި ޙަވާލުވެ ހުންނެވި ވަޒީރު ޑރ. މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތް މިއަދު ދެކެމުންދާ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ދާއިރާގެ މުވައްޒަފުން ކަމަށެވެ. އަދި މުވައްޒަފުންނަށް މިހާރަށްވުރެ ތަނަވަސް ދުވަސްތަކެއް ހޯދައިދިނުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށް ޑރ. މައުސޫމް ވިދާޅުވެފައިވެއެވެ.

ޑރ. މައުސޫމް ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މުވައްޒަފުންނަށް، ވަކިން ހާއްސަކޮން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އަރިސްކުރަށްވާފައެވެ.



މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްވެސް އެ ޕާޓީން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 715 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 153 ރިސޯޓަކާއި، 137 ސަފާރީގެ އިތުރުން 11 ހޮޓަލަކާއި، 414 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 47155 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 35442 އެވެ. އަދި މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުން ކޮވިޑް ވެކްސިން ޖަހާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން